އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ރާއްޖެއިން ބަލައިގެންފި

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާ، އެކަން އިޢުލާނު ކުރައްވައިފިއެވެ.

މި މާއްދާގެ ހ. ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ޤައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިޢުލާނު ކޮށްފައިވާ ޤައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ޤައުމެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހުރި ފަރާތަކަށްވާނަމައެވެ.

އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިޙްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި ޑެކްލެރޭޝަން ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗަރއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖަޢާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިންގ އޮބްޒަރވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ