ލ. ފޮނަދޫ އަދި ނ. ޅޮހީގައި ފެނަކައިގެ އާ އޮފީސް އިމާރާތް ކުރަން ބަޔާކާ ހަވާލުކޮށްފިއެވެ.
މިދެރަށުގައި ފެނަކައިން އަޅާ ދެއޮފީސް އިމާރާތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިދެ އެއްބަސްވުމުގައި ވެސް ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު އަސްލަމްއެވެ.
N. Lhohi gai alah imaaraiy kuraa office imaaraaiy adhi aa injeenugeyge ehbas vumugai Duplex Pvt Ltd aai Fenaka aa dhemedhu miadhu soi kohfi. #TeamFenaka pic.twitter.com/WoYLoROChr
— Fenaka Corporation Ltd (@TeamFenaka) February 23, 2020
ފޮނަދޫގެ ފެނަކަ އޮފީސް އިމާރާތްކުރަން 8,645,205.05 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 305 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި ޅޮހީގައި އިމާރާތް ކުރާ ފެނަކައިގެ އޮފީސް އިމާރާތް ނިންމުމަށް ޑުޕްލެކްސް ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 6 މިލިއަން ރުފިޔާއަށެވެ. މިއީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރާގޮތަށް ވެވުނު އެއްބަސްވުމެކެވެ.
ފެނަކައިން ވިދާޅުވީ މިދެރަށުގައިވެސް އަލަށް އިމާރާތް ކުރާ ފެނަކައިގެ އޮފީސް މިއަހަރުގެ ފަހު ކޮޅަށް ނިމިގެންދާނެ ކަމަށެވެ.