މިއަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން މިފްކޯއިން ކުރިއަށް ގެންދާ 'ފަސްމީރު ރޯދަ ބައިވެރިޔާ' ގެ ޕްރޮމޯޝަން މާދަމާ ފެށޭނެއެވެ.
މާދަމާއިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް މިރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭ އެއްވަނަ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ. އަދި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަތަކުގައިކަމަށް މިފްކޯއިން ބުނެއެވެ.
މިޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް އަދި ދެވަނައަށް ހޮވޭ ފަރާތަކަށް ތައިލެންޑް ދަތުރެއް ދިނުމަށް ނިންމާފައިވާއިރު ތިންވަނައަށް ހޮވޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ ވަރަށް ފެލިވަރު މަސް ދިނުމަށްވެސް ނިންމާފައިވާކަމަށް މިފްކޯއިން ބުނެއެވެ.
ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ 48 ދަޅުގެ ތެޔޮ މަސްކޭހެއް ގަތުމުންނެވެ. ކޮންމެ މަސް ކޭހަކަށް ކޫޕަނެއް ދޫކުރެ އެވެ.