ފޮރިންގ މިނިސްޓަރ ޝާހިދު ރައީސް ޞޯލިޙް އަރިހުގައި - ފޮޓޯ: ރައީސް އޮފީސް

ރޮހިންޔާ މައްސަލަ އާއި ގުޅޭ ގޮތުން ގެންބިއާ އާއިއެކު މަޝްވަރާ ކުރައްވައިފި

ރޮހިންޔާ މައްސަލަ އާއި ގުޅޭ ގޮތުން ގެންބިއާ އާއިއެކު ރާއްޖޭގެ ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު، ގެމްބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، މަޝްވަރާކުރައްވައިފިކަމަށެވެ.

މި މަޝްވަރާގައި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވިކަމަށާއި މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށާއި، މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ދެއްވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އެރުވި ކަމަށާއި، މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން
‎ތަދައްޚުލުވީ އެމަސައްކަތުގައި އިތުރަށް ޢަމަލީގޮތުން ބައިވެރިވުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓަރ ވިދާޅުވިކަމަށެވެ.

މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ