ރާއްޖޭގެ ފޮރިންގ މިނިސްޓަރާއި ޔޫއޭއީގެ ފޮރިންގ މިނިސްޓަރު މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލްނަޙްޔާން އާ ފޯނުން ގުޅުއްވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލްގައި ދެޤައުމަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ބަލި އިތުރަށް ފެތުރުނަ ނިދުނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވާ އިޤްތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޔޫއޭއީއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކުރެއްވިއެވެ. ޚާއްސަކޮށް ގިނަ ބަޔަކު ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުމުން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ