ކެނޯއެއްގައި ފިލައިގެން ދަރަވަންދޫއަށް ދިޔަ މީހަކު ހައްޔަރު ކޮށްފި

ބ. މާޅޮހުން ކެނޯއެއްފައި ފިލައިގެން އެ އަތޮޅު ދަރަވަންދޫ އަށް ދިޔަ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ 2020 މެއި 01 ވަނަ ދުވަހުގެ ހެނދުނު 07:00 ހާއިރު، ބ. މާޅޮސްގެ ޓާސްކް ފޯސްގެ ހުއްދަ ނެތި، ބ. މާޅޮހުން ކެނޯއެއްގައި ބ. ދަރަވަންދޫއަށް ގޮސް ފިލައިގެން އުޅުނު މީހަކު ރޭ 00:26 ހާއިރު ހޯދުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރު ކޮށްފައިވަނީ ބ. ދަރަވަންދޫ އިން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައެވެ. ނަމަވެސް މި އަމުރާ އި ޚިލާފުވެގެން ބައެއް ފަރާތްތައް ފުލުހުން ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އެ ގޮތުން ހދ. ކުރިނބީ އިން ކުޅުދުއްފުއްޓަށް ދިޔަ ދެ މީހަކާއި، އެ އަތޮޅު ނޮޅިވަރަމުން ކުޅުދުއްފުއްޓަ ދިޔަ ދެ މީހެއްގެ އިތުރުން، ނ. މާޅެންދޫ އިން ކެނދިކުޅުދޫއަށް ދިޔަ ދެ މީހަކާއި، އެ އަތޮޅު މަނަދޫއިން ލަންދޫއަށް ދިޔަ ދެ މީހަކުވެސް ފުލުހުން ހައްޔަރު ކޮށްފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ