މޯލްޑިވިއަން އައިޑަލް އިން ވިދާލައި ގިނަބައެއްގެ ހިތްތަކުން ޖާގަހޯދާފައިވާ މަޝްހޫރު ތަރި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.
މިއުޒިކް ކުޅެ އަޑުއެހުން އެއީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށާއި އަދި ޝައިޠާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސް ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް އިޝާން ވަނީ ބުނެފައެވެ.
އިޝާން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު ކަމަށެވެ.
އިޝާން ބުނީ ކުރިން ލަވަ ކިޔައިގެން އެންމެ ރެއަކުން ލިބުނު އާމްދަނީ މިހާރު އޭނާ އަށް ލިބެނީ މަސް ދުވަހުން ކަމަށާއި ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮތް ކަމެއްކަން މިއަދު އިހްސާސް ކުރެވޭ ކަމަށެވެ.
"އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން." އިޝާން ލިޔެފައިވާ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.
މޯލްޑިވިއަން އައިޑަލްއިން ތައާރަފްވެ ގިނަ ޝޯތަކެއްވެސް އިޝާންވަނީ މީގެކުރިން ދީފައެވެ. ރާއްޖޭގައި ލަވަ ކިއުމުގެ ދާއިރާއިން ފުންނާބުއުސް އެތައް ބަޔަކު ލަވަކިއުމާއި ދުރަށްގޮސް ރަނގަޅު މަގު އިޚްތަޔާރު ކުރަމުންދާކަމީ އުފާވާ ކަމެކެވެ.





2 Responses
Alhamdhulilaahi
Alhamdhu lilaahi