ހުއްދަނެތި ރަސްދޫއަށް ދިޔަ މަސްވެރިޔަކު ހައްޔަރު ކޮށްފި

ހުއްދަނެތި އއ. ރަސްދޫއަށް ދިޔަ މަސްވެރިޔަކު ފުލުހުން ކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވާ މަސްވެރިޔަކީ، މަސްދޯންޏެއްގައި ހުޅުމާލެ އަށް މަސްކިރަން ގޮސް ހުޅުމާލޭ ގައި ހުންނަ އޭނާގެ އާއިލާ މީހުންގެ ގޭގައި 1 ރޭ ހުރުމަސްފަހު އެނބުރު ރަށަށް ދިޔަ މީހެއްކަަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހުޅުމާލޭގައި 1 ރޭ މަޑު ކުރުމަށްފަހު އެ މީހާ ވަނީ އެޗްޕީއޭ އަދި ރަސްދޫ ތާސްކް ފޯސްގެ ހުއްދަ ނެތި އަނބުރާ ރަސްދޫއަށް ގޮސްފައިކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ