ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އުދަ އަރާފާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
މިއަދު މެންދުރުފަހު 02:30 އިން ހަވީރު 05:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ އެެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް އުދަ އަރާފާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert for Wave surges pic.twitter.com/E02cbNatM1
— Maldives Meteorology (@MetMaldives) May 7, 2020
ދެކުނަށް އުދަ އަރާފާނެކަމަށް ލަފާކޮށްފައިވާއިރު، މުޅި ރާއްޖެއަށްވެސް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެެ.




