ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ / ފޮޓޯ: ސަން

ވަޒީރުންނަކީ ވަގުންގެ ބޮޑު އައިނެއް - މުސްތަފާ

ވަޒީރުންނަކީ ވަގުންގެ ބޮޑު އައިނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަޒީރުންދައްކާ ވާހަކަ ޤަބޫލުކުރާ އިންސާނެއް މިހާރު މި ޤައުމަކުނެތް ކަމަށާއި، 7 ފެނުން ދޮވެގެން ވުޟޫ މަތީ ތިއްބަސް ރާއްޖޭގެ ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށެވެ. މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ އިއްޔެ މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭސް މިނިސްޓަރ އަދި އިކޮނޮމިކް މިނިސްޓަރ ޤައުމުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

މުސްތަފާގެ މި ޓްވީޓްގެ ކުރިން ފިނޭސްންސް މިނިސްޓަރަށް ރައްދު ކުރައްވައި ވަނީ ޓްވީޓް ކޮށްފައެވެ. އެހެން ކަމުން މުސްތަފާ ވިދާޅުވެފައިވާ "ވަގުންގެ ބޮޑު އައިނަކީ" ފިނޭސް މިނިސްޓަރ ކަމަށް ދޭހަވެއެވެ.

"ސުބުހާނަﷲ މީނައާއި ޤައުމެއްގެ މާލީ ވަޒީރުކަން ހަވާލުކުރި ކުރުން މަރު ހެޔޮނުވާނެ" މިނޭންސް މިނިސްޓަރަށް އިޝާރާތްކުރައްވައި މުސްތަފާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މުސްތަފާ ފިނޭންސް މިނިސްޓަރަށް ތުހުމަތުތަކެއްވެސް ކުރައްވާފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެން ކަމުން އިޤްޠިޞާދަށް ލުއި ދިނުމުގެ ގޮތުން ސަރުކާރު މުވައްޒަފުންނާއި، ސިޔާސީ ފަރާތްތަކާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

 

 

މިލިޔުން ކިޔާލުމުން
121
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަބްދުއްލަޠީފު

    ސިވިލްސާރވިސް ގެ މުސާރަ ކުޑަނުކުރާނަމޭ އިބޫ ކިޔަނީ. މުސާރަ ކުޑަކޮށްފިނަމަ ހަމަ ހުވާ މިބުނީ ވެރިކަން ވެއްޓެންދެން ﷲ އަށް ދެންނެވުން ހުއްޓާ ނުލާނަންކަން ކަންފަތުގެ އެންމެ އެތެރެކޮއިލުގަ ހަރުލައްވާފަ ބައިންދާތި.

  2. ރަޝީދު

    ކިތައްމެވަރަކައް ހަޅޭއްލެވިޔަސް ތިމަރަފުށީދާއިރާގެ ގޮނޑި ނަފުސުވިއްކަމުންދުވާ އަދި އެމް އެމް ޕީ އާރު ސީގެ ހިޔާނާތުގެ ފައިދާހޯދައިގެންހުރި މީހަކައް އެދާއިރާގެމެންބަރުންނުދޭނެ

    1
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ