ރައީސް ޔާމީންގެ ސިޔާސަތު އަސްލަކަށް ބަލަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސިޔާސަތު އަސްލަކަށް ބަލައި، ތަޖުރިބާކާރު ވިޔަފާރިވެރިންގެ މަޝްވަރާ ހޯއްދަވައި ޤައުމު އިސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ވަޚިލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލު ވިދާޅުވީ އިޤްތިޞާދީ އަސަރު އަންދާޒާތަކަށްވުރެ ބޮޑުވާނެ ކަމަށެވެ. އަދި ވިޔަފާރިތަކާއި ވަޒީފާތައް ހިމާޔަތްކުރެވޭތޯ ބަލަންޖެހޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ކަންކަން ނުވާން ފެށުމުން އެހެން މީހުން ގޯސްކުރުން ހުއްޓާލައްވުމަށް ޖަމީލުގެ ޓްވީޓުގައި ގޮވާލައްވާފައިވެއެވެ.
އިޤްތިޞާދީ އަސަރު އަންދާޒާތަކަށްވުރެ ބޮޑުވާނެ. ވިޔަފާރިތައް/ވަޒީފާތައް ހިމާޔަތްކުރެވޭތޯ ބަލަންޖެހޭ. ރައީސް ޔާމީންގެ ސިޔާސަތު އަސްލަކަށް ބަލައި، ތަޖުރިބާކާރު ވިޔަފާރިވެރިންގެ މަޝްވަރާ ހޯއްދަވައި ޤައުމް އިސްކުރައްވާ. ކަންކަން ނުވާން ފެށުމުން އެހެން މީހުން ގޯސްކުރުން ހުއްޓާލައްވާ pic.twitter.com/TO5J4dZN4z
— Mohamed Jameel Ahmed (@MJameelAhmed) May 8, 2020
އިދިކޮޅުން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައިވެސް ޑރ. ޖަމީލު ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނިންމެވުންތަކަށް ޖަމީލު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށްވެސް ޑރ ޖަމީލު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ޑރ. ޖަމީލަކީ މިސަރުކާރު ގެނައުމަށް އޭރު އިދިކޮޅުގައި މަސައްކަތް ކުރެއްވި ފަރާތެއް ނަމަވެސް މިހާރު ގެންދަވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅުގައި ހުންނަވައިގެން އެކި ކަންކަމުގައި އަޑު އުފުއްލަވަމުންނެވެ.