ދުނިޔެ ކަނު އަދިރީގައި 2 މިލިއަން އަހަރު!

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔެ އަކީ އޭގެ ތާރީހުގައި ވަރަށް ގިނަ ހާދިސާ ތަކާއި ކާރިސާ ތަކެއް ހިންގާފައިވާ ތަނެކެވެ. އެގޮތުން ދުނިޔޭގެ މާޒީ ދެނެ ގަތުމަށް އެތަކެއް ދީރާސާ ތަކެއް މިހާތަނަށް ވަނީ ކުރެވިގެން ގޮސްފައެވެ.

މީގެ 466 މިލިއަން އަހަރު ކުރިން ދުނިޔެ އަށް ބޮޑު ކާރިސާ އެއް ކުރިމަތިވި ކަމުގެ ސާބިތު ހެކިތަކެއް ދާދި ފަހުން ވަނީ ހޯދާފައެވެ. މި ކާރިސާގެ ސަބަބުން ދުނިޔެ އަށް އިރުގެ އަލިކަން ނުލިބި 2 މިލިއަނެއް ހާ އަހަރު އޮތެވެ. މިކަން މިހެން ހިނގަން މެދުވެރިވީ ދުނިޔެ އިން ބޭރުން އައި ބިޔަ ދެ ގިނި ހިލައެއްް ސުރޫދަ ނިޒާމުގައި ވާ ދެ ގުރަހަ މާސް އާއި ޖުޕިޓާ ގެ ދެމެދަށް ގޮވައިގެން އޭގެން އުފެދުނު ހިރަފުސް ދުނިޔެ އަށް އެޅިގެންނެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރު ދުނިޔެ އަށް 40,000 ޓަނުގެ ޑަސްޓް ނުވަތަ ހިރަފުހުގެ ޕާޓިކަސް ފައިބައެވެ. ނަމަވެސް 93 މޭލު ބޮޑު މި ދެ ގިނި ހިލަ ގޮވައިގެން ދުނިޔެ އަށް ފޭބި ހިރަފުސް އޭގެ ދިހަ ހާސް ގުނަ އިރުތެވެ. މި ހިރަފުސް ދުނިޔޭގެ ޖައްވީ ފަށަލާގައި މުޅި ދުނިޔެ ނިވާވާގޮތަށް ދެ މިލިއަން އަހަރު ވަން ދެން ހުރި ކަމަށް ދިރާސާ ވެރިން ބުނެއެވެ.

ދުނިޔޭގެ ބިމުގެ އެތަށް މީޓަރެއް އަޑިން ދާދިފަހުން ނެގި ވެލީގެ ސާންޕަލް ތަކެއްގައި މި ހިރަފުހުގެ ނިޝާންތަށް ވަނީ ފެނިފައެވެ.

ދުނިޔޭގެ ފަށަލާގައި ހިރަފުސް ހަރުލާފައި ހުރުމުގެ ސަބަބުން އިރުގެ އަލިކަން ދުނިޔެއަށް ފޯރުން ހުރަހަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެ އާދަޔާ ހިލާފު ފިނި ކަމެއްގެ ތެރޭގައި ދެ މިލިއަން އަހަރު ވަންދެން އޮތެވެ. އަދި މީގެ ސަބަބުން ދުނިޔޭގައި އޭރުގެ ދިރުން ތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ނެތިގެން ދިޔައެވެ.

މިލިޔުން ކިޔާލުމުން
333
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ