ގެމަނަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޖަމީލު އުސްމާން | ފޮޓޯ: މަޖިލިސް

މިސްކިތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނުވިސްނުނު - ޖަމީލު އުސްމާން

ރާއްޖޭގައި މިސްކިތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނުވިސްނުނު ކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރެމުންދާތީވެ، މި ބަލި ފެތުރުން ހުއްޓުވުމަށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފުރަތަމަ ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ މާލޭ ސަރަހައްދުގައި އަދި ރިސޯޓުތަކުގައެވެ.

މިހާރުވެސް ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރައްވަމުން ގެންދަވާ ޖަމީލު އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 40 މީހުންނާއި އެކު ދޯނިފަހަރަށް ރަށުން ފުރައިގެން މަހައްދެވޭއިރު، 40 މީހުންނާއި އެކު މިސްކިތުގައި ނަމާދު ނުކުރެވޭ ސަބަބު ނުވިސްނޭ ކަމަށެވެ.

މީގެ ކުރިން ޕީއެންސީގެ ނައިބް ރައީސް ސުޖާއުވެސް ވަނީ ޖަމާއަތުގައި މިސްކިތުގައި ނަމާދު ނުކުރެވޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސުޖާ މިހެން ވިދާޅުވީ މާލެއިން ކޮވިޑް-19 ފެނުމުގެ ކުރިންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 އޭޕްރީލް 2010 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ރަށް ރަށަށް އަންގާފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ibu

    Dhe haram ga ves namaadheh nukure thi advice Saudi ah ves dheyn feney. Namaadhu gaaimu kurumashaai zakaai dhinumah angavaafa ves eba oiyy. Keehve kae men furihama ah zakaai nunerenee .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ