"ހެރީ ޕޮޓާ" ގެ ފިލްމްތަކުގައި "ރޮން ވީސްލީ" ގެ ރޯލުކުޅިގެން އާއްމުންގެ މަޝްހޫރުކަން ހޯދި ރުޕާޓް ގްރިންޓް އާއި އޭނަގެ ލޯބިވެރިޔާ "ޖޯރޖިއާ" އަށް އަންހެންކުއްޖަކު ލިބިއްޖެއެވެ. މިއީ މި ދެތަރިންގެ އަލަތު ދަރިފުޅެވެ.
ރުޕާޓް އާއި ޖޯޖިއާއަށް ދަރިއަކު ލިބެން އުޅޭކަންވެސް އާއްމުންނަށް އޭނާ ހާމަކޮށްފައިވަނީ، މިދިޔަ މަހުއެވެ. އަދި ދާދިފަހަކުން ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ރުޕާޓް ވަނީ، އެމީހުންގެ އަލަތު ދަރިފުޅު ވިހައިފިކަން އިއުލާންކޮށްފައެވެ. އަދި ބައްޕައަކަށް ވުމުން އޭޏާ ހުރީ ވަރަށް އުފަލުންކަމަށް އޭނާ ބުނެފައިވެއެވެ.
ރުޕާޓް އާއި ޖޯޖިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރު ގުޅުނުއިރު، މި މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މީޑިއާ ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. އެގޮތުން ޖޯޖިއާ ބަނޑުބޮޑުކަން ވެސް ހާމަކުރީ، ދެމީހުން އެކުގައި ތިއްބާ އާންމުންނަށް ޖޯޖިއާ ބަނޑުބޮޑުކަން އެނގި، ސޯޝަލް މީޑިއާގައި ފޮޓޯތައް ވައިރަލް ވުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް، މި ދެބައިވެރިންގެ އަލަތު ދަރިފުޅަށް ކިޔާ ނަން އަދި މީޑިއާއަށް ހާމަކޮށްފައެއްނުވެއެވެ.
ރުޕާޓް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ހޮލީވުޑްގެ ފިލްމް "މޫންވޯކާ" އިންނެވެ.