އަލީ ވަޙީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނެ އިންތިޒާމު މިދަނީ ހަމަޖައްސަމުން : އަލީ ވަހީދު

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން އާއިލާ ކައިރިއަށް ރަށަށް ދާން އެދިފައިވާކަމަށެވެ.

ރިސޯޓުތަކުގައި މިވަގުތު ރަށަށް ނުދެވި ތިބި މުވައްޒަފުން އިތުރު ކަރަންޓީން އެއް ފުރިހަމަކުރަން ނުޖެހޭނެ ކަމަށާއި އެ މީހުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން ކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ. އަދި އެއީ އެޗްޕީއޭ އިން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައި ހުރި ރިސޯޓްތައް ކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

އެ މުވައްޒަފުން އާއިލާ ކައިރިއަށް ރަށަށް ގެންދިއުމުގެ ކަންކަން އެރިސޯޓު ތަކާއި މޯލްޑިވިއަން އާއި ގުޅިގެން ކުރައްވާނެ ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

ރިސޯޓު ތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން މިހާރުވެސް ބައެއް ރިސޯޓު ތަކުން ވަނީ ރަށަށް ފޮނުވާފައެވެ. އަދި ބައެއް ރިސޯޓުތަކުން ވަނީ ހާއްޞަ ހުއްދައެއްގެ ދަށުން މާލޭގައި ދިރިއުޅުއްވާ ފަރާތްތައްވެސް ވަނީ މާލެ ފޮނުވާފެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ