ނައިފަރު ކައުންސިލްގެ ރައީސް އިސްލާޙްވުމަށް އެންގުމަށް އެކައުންސިލުން ނިންމައިފިއެވެ.
ނައިފަރު ކައުންސިލުން މިހެން ނިންމާފައި މިވަނީ ކޮވިޑް19 އަށް ނައިފަރު ތައްޔާރުނޫންކަމަށާއި، ނައިފަރުގައި ކޮވިޑް 19 އާއި ގުޅިގެން ހިންގާ ކަންކަން ކުރިޔަށްދަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކައުންސިލްގެ ރައީސްއަށް ފެނިލައްވާ ގޮތަކަށްބުނެ އެރަށުގެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ނައިފަރު ކައުންސިލްގެ 2020 ވަނަ އަހަރުގެ 03 ވަނަ ކުއްލި ޖަލްސާގެ ނިންމުންތަކުން މިވާހަކަތަކުގައި ވަރަށްބޮޑަތި ހަޤީޤަތްތަކެއް އެކުލެވޭކަން ފާހަގަވާއިރު، ކުއްލި ޖަލްސާއިން ވަނީ ތިރީގައި މިއަންނަނިވި ކަންކަން ފާސްކޮށްފައެވެ.
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން 9 މީޓަރުން ދަށުގެ އުޅަނދުފަހަރު ފަރުމަސްވެރިކަން ކުރުމަށް ދޫކުރާ ވަގުތީ ހުއްދައަށް އެދި ހުށަހަޅާ ފޯމްއާއިމެދު މަޝްވަރާކޮށް އިސްލާޙް ގެނެވިފައިވާ ގޮތަށް ފާސްކުރަން ފެންނަކަމަށް ނިންމާފައިވެއެވެ.
ކައުންސިލްގެ ރައީސް ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހްމާލުވަމުން ދާކަން ފާހަގަކޮށް، ތިރީގައި ބަޔާންކުރާ ކަންތައްތައް އިސްލާހްކުރުމަށް ކައުންސިލްގެ ރައީސްއަށް ލިޔުމަކުން އެންގުމަށް ފެންކަމަށް ނިންމާފައިވެއެވެ.
ލާމަރުކަޒީ ގާނޫގައި ބުނާގޮތަށް ކޮންމެ ހަފްތާއެކު 1 ފަހަރު އާންމު ބައްދަލުވުމަށް ކިޔުމަށް ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ.
ކައުންސިލްގެ ނަމުގައި ކައުންސިލުގައި މަޝްވަރާނުކޮށް އަދި ކައުންސިލުން ނުނިންމަނީސް ކައުންސިލްގެ ނަމުގައި ނޫސްބަޔާނާ ދެންނެވުން އާންމު ނުކުރުމަށް ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ.
އަސާސީ ހައްގު ހަނި ކުރުމަށް އާންމު ޢިއުލާން ކުރުމުގެ ކުރިން ކައުންސިލްގައި މަޝްވަރާކުރުން ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ. ނަމަވެސް އެޗް.ޕީ.އޭ އިން އަންގާ އެންގުން އިސްތިސްނާވާނެކަމަށް މިނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން، ކައުންސިލްގައި މަޝްވަރާ ނުކޮށް އަދި ފާސް ނުކޮށް ކައުންސިލްގެ ނަމުގައި ނެރެފައިވާ އެންމެހައި އިޢުލާން ތަކާއި، ނޫސްބަޔާންތަކާއި ދެންނެވުންތަކާއި، ކޮވިޑް 19 އާއި ގުޅިގެން އެލްޖީއޭއާއި އެޗް.ޕީއޭގެ އިރުޝާދުތަކާއި ޚިލާފަށް ފޮނުވާފައިވާ ލިޔެކިޔުންތަކަކީ ބާތިލް ލިޔުންތަކެއް ކަމަށް ބަޔާންކޮށް އާންމު އިޢުލާނެއް ނެރުމަށް ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ބަނދަރު ބަލަހައްޓާ ފަރާތްތަކުން ދޫކުރާ ލިޔެކިޔުންތަކުގެ ތެރެއިން ފަރުމަހަށާއި، ވެއްޔަށް އަދި ބަކަރި ކާނާ ހޯދުމަށް ފުރާ އުޅަނދުފަހަރު ހުއްދައަށް އެދޭ ފޯމްގައި ހުއްދަދިން ސޮއި އާއްމު ފަރާތްތަކުން ކުރާކުރުން ހުއްޓާލުމަށާއި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތީން އެފަދަ ލިޔެކިޔުންތަކުގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ.
ނައިފަރު ކައުންސިލްގެ މެމްބަރ ވިދާދު ޢަބްދުﷲ އަށް އެފަރާތާއި ރައްޔިތުން ޙަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި އެލްޖީއޭއާއި، އެޗްޕީއޭއިން އާޢްމުކުރައްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ނައިފަރަށް އައުމުގެ ހުއްދަ ދިނުމަށާއި އަދި މިނޫންވެސް އާއްމު ފަރާތްތަކުން ނައިފަރަށް އައުމުގެ ހުއްދަ އެލްޖީއޭއާއި، އެޗްޕީއޭއިން އާޢްމުކުރައްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ދިނުމަށް ކައުންސިލްގެ ރައީސްއަށް އެންގުމަށް ނިންމާފައިވެއެވެ.
ކޮވިޑް19 ގެ އިންތިޒާމްތައް އެލްޖީއޭ އަދި އެޗްޕީއޭ އިން ޢާންމުކޮށްފައިވާ ގައިޑްލައިންއާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށްޓަކައި އެކުލަވައިލަންޖެހޭ ރަށު ލަފާދޭ ކޮމިޓީގައި ކައުންސިލް ތަމްޞީލްކުރާނެ ފަރާތެއްގެ ގޮތުގައި ކައުންސިލްގެ މެމްބަރ ވިދާދު ޢަބްދުﷲ ކަނޑައެޅުމަށް ފެންނަކަމަށްވެސް ރޭގެ ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ކުއްލި ނިންމުންތައް ނިންމުމުގައި އަމަލު ކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށް އޮންލައިން ޕްލެޓް ފޯމެއް މެދުވެރިކޮށް މިފަދަ ބައްދަލުވުތައް ކުރިޔަށްގެންދިއުމަށް ފެންނަކަމަށްވެސް ކައުންސިލުން ނިންމާފައިވެއެވެ.
6 Responses
Comment kobaaah
Article eh liyaairu emmen liyumehge mahchah baroosa vun Rangalheh noon..theegee anehkolhuves balaa mauloomaathu foarukohdheyn jeheyne..eyrun kiyuntherinmah sahkha mauloomaathu libeyneee
Thanakun fennahaa postakah noos article nuliyumah thi noohah naseyhai therivan
Insha Allah kaarim kuraa masskkai thakugai
Allah barakaai lavvaa kaakiyaabu dhehvvaane!
Kaarim ge dhuvas dhuvvaanulevigen ulhey baigandah Allah naakaamiyaabu dhehvvaan dheyve ?
Mi haaru othee council in kuriah gendhiya bagaavaai feil vefa..
Council ge raees masakkai kuramun dhanee gaanoonuge therein kan kuran jehey usoolah.
Kaarim beyru kureveytho vaki bayaku kendineylhi kuramun gendhaaa masakkai thee..
Naifaruge majority edhey gotheh noon.
Council ge rice ah naseyhaiy dheveynee Atoll council ah nuvatha LGA ah.