ސަމާލުވޭ! ވައްކަން ކުރުމުގެ އާ އުކުޅެއް

ވައްކަމުގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައެވެ.

އެމީހުން އެކުރާ މަސައްކަތް އެ އިރެއްގައި އޮންނަ ހާލަތާއި ޒަމާނައް ފައްތާ ވައްކަން ކުރުމުގައިވެސް ތަފާތު އުކުޅުތައް ދަނީ ގެންގުޅެމުންނެވެ. ޕްރޮމޯޝަންތަކާއި، އެހީ ހޯދުމުގެ ނަމުގައިވެސް ދަނީ ވައްކަން ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިވަނީ ފިހާރަތަކުގެ ސޭޓުން ވަގުންގެ އުކުޅުތަކަށް ސަމާލުވުމަށް އެދިލައްވާފައެވެ.

އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ މިފަހަކަށް އައިސް ކާޑުން ފައިސާ ދައްކަން ކާޑު މެޝިނަށް ކާޑު ޖެހުމަށް ފަހު ފައިސާ ނުކެނޑެނީސް ކާޑު ދަމައިގަނެ ފިހާރައިން ނިކުމެގެންދާ މައްސަލަ ހުށައެޅެމުންދާކަމަށެވެ. "ކާޑުން ފައިސާ ކެނޑުނީމާ މުދާ ޙަވާލުކުރައްވާ" މި ކަމަށް ސަމާލުވުމަށް ސޭޓުންނަށް އިލްތިމާސް ކުރައްވަމުން ފުލުހުން ވިދާޅުވެފައިވެއެވެ.

މި ދުވަސްކޮޅަކީ ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެވެސް ޚާއްސަކޮށް މާލެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތް ދުވަސްކޮޅެކެވެ. އަދި މާލެ ލޮކްޑައުންކޮށް ބޭރަށް ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
114
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ