އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފިއެވެ.
ގއ.ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ ސާޖިން ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުތުމާއެކު، މަސްވެރިކަމުގެ ދާއިރާއަކީ ރަނގަޅު އާމްދަނީއަކާއެކު، އުޖާލާ ކުރިމަގެއް ބިނާ ކުރެވިދާނެ ދާއިރާއެއްކަން އިހުސާސްކުރެވުނެވެ. މިހާހިސާބުން ސާޖިންގެ އަޒުމަކަށްވީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށެވެ.
އެގޮތުން މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިންވަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. ”ދިވެހި މަސްވެރިންގެ“ ނަމުގައި ޖަމިއްޔާއެއް ރެޖިސްޓަރކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށްވެސް ސާޖިންދަނީ މަސައްކަތްކުރަމުންނެވެ.
Ooredoo Maldives ge enme fahuge Brand Ambassador @ZuvaanMasveriya, Hassan Sajin ah varah hoonu maruhabaa eh kiyan. Mi partnership ge dhashun masverikamuga dhaairaa ah faidhaa huri masakaithakeh kureveyne kamuge umeedhuga alhugandumen mithiby athukuri olhaalaiggen. ? pic.twitter.com/lFjPfTP1Nh
— Ooredoo Maldives (@OoredooMaldives) May 13, 2020
އުރީދޫއިން ބުނީ އަލަށް މި ފެށުނު ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް ސާޖިން އާއި އެކު މަސައްކަތްކުރެވިގެންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން ސާޖިން ބުނީ، މިހާދުވަސްވަންދެން އެތަކެއް ގުރުބާނީ އެއް އަދި އެތަކެއް ވަގުތެއް މި ހޭދަކުރަމުން އަންނަނީ މަސްވެރިކަން ޕްރޮމޯޓް ކުރަން ކަމަށާއި، މިއަދު އޫރިދޫ މޯލްޑިވްސް އިން އަހަރެންގެ އަތުގައިހިފައި ތިމަންނަމެންވެސް މިތިބީ އަހަރެންނާއެކު ކުރިއަށް ދިއުމަށް ބުނީމަ ވަރަށް އުފާވެފައި ކަމަށެވެ.
Mihaa dhuvas vandhen ethakeh gurubaanee eh adhi ethakeh vagutheh mi heydha kuramun mi annanee masverikan promote kuran?Miyadhu varah ufaa vejje @OoredooMaldives in aharen athuga hifaagen Zuvaan Masveriya thimanna men ves mithimee zuvaan Masveriyaa ehkoh kuriyah dhaan buneema??? pic.twitter.com/VmyAFkRvCq
— Zuvaan Masveriya (@ZuvaanMasveriya) May 13, 2020
								
											


														
														
														
														
														
														