ޓުއަރިޒަމް މިނިސްޓުރީގެ ޓުވިޓަރ އެކައުންޓުން ބޭއަދަބީ ޓުވީޓެއް ކޮށްފިއެވެ.
ދާދި ދެންމެއަކު ކުރި މި ޓުވީޓުގައި ބުނެފައިވަނީ، އިންސާނާގެ ޖިންސީ ގުނަވަނެއްދެކެ ވަރަށް ބޮޑަށް "ލައިކް"ވާ ކަމަށެވެ. މި ޓްވީޓް ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވަނީ މިރޭ 22:29 ގައެވެ.
މިހާރު މި ޓުވީޓް ޑިލީޓް ކޮށްފައި ވީނަމަވެސް ގިނަބަޔަކު އަންނަނީ މިފަދަ ބޭއަދަބީ ޓުވީޓެއް ދައުލަތުގެ މުއައްސަސާއެއްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރުމުން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިފަދަ ތަންތާ މަސައްކަތް ކުރައްވާ ބޭފުޅުންގެ އަހުލާގީ ފެންވަރާމެދު ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި ޓުވީޓާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީއިން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ އިސްބަޔެއް ބޭފުޅުންގެ އަހުލާގީ ފެންވަރުދަށް ފޮޓޯތަކާއި ވީޑިއޯތައް މިފަހަކުން އައިސް އަންނަނީ މީސްމީޑިއާގައި ލީކްވަމުންނެވެ. މިގޮތުން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުކަމަށް ބެލެވޭ ބޭފުޅެއްގެ ވީޑިއޯވެސްވަނީ ލީކްވެފައެވެ.




3 Responses
ބޮޑުވީމަ ހަމަ ރަނގަޅު
އެވަރުކަމެއް ވެދާނެ ހަމަބުއްދި ފިލާދިޔައިމަ ?
ތިވާނީ އަލީ ވަހީދު އައިޝާ އަށް ބުނި އެއްޗަކަށް