ބެންކޮކްއިންވެސް ރާއްޖެއަށް މުދާ ގެނެސްފި

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ ޝިޕްމަންޓެއް ބެންކޮކްއިން ރާއްޖެއަށް ގެނެސްފިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، 11,317 ކިލޯގެ މުދަލާއެކު ތައިލެންޑްގެ ބެންކޮކުން އައި އެކުންފުނީގެ ކާގޯފްރައިޓާރ މީގެކުޑަ ވަގުތު ކޮޅެއް ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވާކަމަށެވެ.

ކޯވިޑް ފެތުރެން ފެށި ފަހުން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި އޮތުމުން، ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ދަނީ ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ އެތެރެކުރަމުންނެވެ އެގޮތުން އިއްޔެވެސް 20310 ކިލޯގެ ޕެރިޝަބަލް ކާބޯތަކެތި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފައެވެ. މިއީ މޯލްޑިވިއަންއިން މިހާ ބައިވަރު މުދާ އެއްފަހަރާ ގެނައި ފުރަތަމަ ފަހަރެވެ،

އިއްޔެގެ 2 ވަނަ ޝިޕްމަންޓް އައިސްފައިވަނީ އިންޑިއާގެ ޗެންނާއީންނެވެ. މޯލްޑިވިއަންއިން ވަނީ ޗެންނާއީން 6662 ކިލޯގެ މުދާ ގެނެސްފައެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ މުދާ ގެނައުމުގައި ވައިގެ މަގުން މޯލްޑިވިއަން ހަރަކާތްތެރިވާއިރު، އެސްޓީއޯއިން ދަނީ ކަނޑުމަގުން މުދާ އެތެރެކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ