މިއަހަރު ރާއްޖެއަށް ބޭރު ފައިސާގެ ދަތިތަކެއް ދިމާލެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ދައްޗެއް އަންނާނެކަމަށް ނުބެލެވޭކަމަށެވެ.
"އަޅުގަނޑުމެންނަށް އިތުރު ޔަގީންކަމެއް އެބަލިބޭ ފޮރިން ކަރަންސީގެ ދައްޗެއް މިއަހަރު ތެރޭގައި ނުވާނެ ކަމަށް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މިހާރުވެސް ގޮރޮސް ރިޒާވްގައި 800 މިލިއަނެއްހާ ޑޮލަރު އެބަހުރިކަމަށާއި ޔޫސަބްލް ރިޒާވްގައި 231 މިލިއަން ޑޮލަރު އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ.
ކުރިޔަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ ފޮރިން ކަރަންސީގެ ދައްޗެއް ނުވާނެ ގޮތަކަށް ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވޭއިރު، އަދި ރާއްޖޭގެ އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު އިންސައްތައަކީ ޓޫރިޒަމް ސިނާޢަތަށް ލިބޭ ޑޮލަރު އާމްދަނީ ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން، އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް، ކޮވިޑް-19 އާއި ގުޅިގެން ތަކެތީގެ އަގު އުފިލިދާނެ ކަމަށް “ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭ މައްސަލަ ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ގައި ވަނީ ފާހަގަ ކޮށްފައެވެ.




