ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް އަނިޔާކުރި މައްސަލައިގައި ޖިނާއީ ތަޙްޤީޤެއް ހިންގަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އަނިޔާކޮށްފައިވަނީ، އެރަށުގައި ހަރަކާތްތެރިވާ ޕޮލިސް އިންޓެލްގެ ދެ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އެޅި މައްސަލައެއްގެ ތުހުމަތަށް ބަންދުކުރި ދެ ޒުވާނުންނަށެވެ.
2019 ނޮވެމްބަރު 29 ވަނަ ދުވަހު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ދެ މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން އޭރު ބަލަން ފަށާފައިވާއިރު، ފަހުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން މިނޫހުން ފުލުހުންނާ ސުވާލުކުރުމުން އޭރު ވިދާޅުވީ، 2019 ނޮވެމްބަރު 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ޒުވާނާ ހައްޔަރުކޮށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރިކަމަށް މަޢުލޫމާތު ލިބިފައެއް ނުވި ނަމަވެސް، ޑިސެމްބަރު 6 ވަނަ ދުވަހު އޭނާ ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާކަމަށް ބުނާތީ، އެކްސްރޭ ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން 2020 މެއި 23 ވަނަ ދުވަހު ފުލުހުން ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަޙްޤީޤުކުރި މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމަށްފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
"ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ދެމީހަކަށް އަނިޔާކުރި މައްސަލައިގެ ޖިނާއީ ތަޙްޤީޤުގެ ބައިވެސް ދަނީ ކުރިއަށް." ފުލުހުން މިނޫހަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ޖިނާއީ ތަހްޤީޤު ހިނގަމުންދަނިކޮށް، ހަމަ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު ހދ. ކުރިނބީގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި މައްސަލައެއްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑަށް ވަނީ ހުށަހެޅިފައެވެ. އަދި މި މައްސަލައާއި ގުޅިގެން ކުރިނބީގައި އެވަގުތު ހުރި ފުލުސް މީހާ ވަނީ ހާދިސާ ހިނގި ރެއާއި ޖެހިގެން އައި ދުވަހު އަލުން އަނބުރާ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
މިކަންކަމާ ގުޅިގެން ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާށް ރައްދު ދިނުމުގެ ގޮތުން ކުޅުދުއްފުށީގެ ނަމުގައި ހިންގަމުންދާ ފޭސްބުކް ޕޭޖަކުން ބައެއް ފަރާތްތަކުގެ އަބުރު ކަތިލުމުގެ ސިލްސިލާއެއް ވަނީ ފެށިފައެވެ. މި ޕޭޖް ހިންގަމުންދަނީވެސް ކުޅުދުއްފީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންތަކެއް ސާމިލުވެގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.





16 Responses
Ali wiham kale ah ves meehunge aburu kathileveyiru neygeythi dheraee .. nooosverikamey kiyaafa meehunge aburu Kathi nule eyne.. dhen nedhaane Ali wisham
akee ba ehge bot eh veema vaagotheh kamah ves…
މި އަދި އަލަށް ބަލާލި ނޫހެއް ……
ވަކި އެއްޗެެއް ބުނަން އެނގޭނީ މި ނޫހުގެ ދެތިން ޙަބަރު
ކިޔާލެވުނީމަ…. ކޮޅަކަށް ޖެހޭ ކަން އެނގިދާނެތާ..
Hasadhaeh filuvaalee varah ginadhuvahu dhuppaan kurifahun. Hayyaru kurimeehunge shareeayy nimen vaairu gaazee innaanee laarin thaithelhifa. Emme rangalhah hukun thanfeezu kurevuneema keyynuveedhw
ޒާތީ ވާން ޙިންގާނީ ޕޭޖުތައް ނޫސްވެރިކަން ކުރަން ނޭގެންޔާ ކޮންމެސް އެހެން ކަމެް ކުރެވޭތޯ ބަލާ، ތި ޢަފްރާހުގެ ކޮއްކޮ ވިސާމް އޭނުން ކަލެޔަކީ ވެސް ބޭބެ ގެންގުޅެ އެތިކޮޅު ބޯލައިގެން ހަބަރު ލިޔާ މީހެކޭނުން
Ali wishaam Kaley jehunu ehcheh vaanuva nubala liyanee ehen meehunnah Libi dhaane gehlumakah belumeh nethi. Furathama dhaa kohbala zinmaadhaaru noos verikamaky Koba Kan.
ufuraalan redy ga kamah vanee othe
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ މައްސަލަ މިދަނީ ބަލަމުން
ކުޅުދުއްފުށީ ނަމުއިން ފޭސްބުކް ޕޭޖެއް ނުފެނުން
Ei Hama Vara bodhu thedhey.k.fushi polihun aniyaa kurey.aharen eikamuge tajuribaa kuren…aharen gagaves thalhaa aniyaa kuri.adi eikantha kuraney dhanvaru vaguthu thakugaa…adi nuvithaaka ma’am bafanaalhuvaa VES kiyaa…eikamugaa ulhaney vaki fuluhun thakey…
Aharen kuri kameh
Feshun miulheny eccheh foruvanhen haadha heeveye
hagguthah innaanee migaumuge kuhveringe ekani
Zaathee viyas thee bodu varu
ކައެމެން މީހުންގެ އަބުރުނޫންތަ ތި ކަތިލަނީ؟
ތިަޔަ ބުނާ ޕޭޖެއް ބަލައިފިން އަބުތެއް ނެތް ބައެއް ގެ އަބުރު ކިހިނެއް ކަތިލަނީ. ހުސް ބޮޓުން އެއީ
ޒާތީ