އަބްދުއްރަޙީމް އަބްދުﷲ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ | ފޮޓޯ: މިހާރު

އަޅުގަނޑުމެންގެ މަސައްކަތަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުން - އިދިކޮޅު

އަޅުގަނޑުމެންގެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް ވިދާޅުވީ އެބޭފުޅުންގެ މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުން ކަމަށާއި ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ތާޢީދުކުރުމަށް ޕީޕީއެމް-ޕީއެންސީ އިން ނިންމާފައި ނުވާނެ ކަމަށެވެ.

ބައެއް ނޫސްތަކުން ވަނީ އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކުރާކަމަށް ވިދާޅުވެ ރިޕޯޓުކޮށްފައިވާއިރު އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާޢީދު ނުކުރާ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަޙްނިޔާ ކިޔައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓެއް ރިޓްވީޓް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ