ޓްރެވެންޑްރަމް އިން 13 ޓަނުގެ މުދާ ރާއްޖެ ގެނަސްފި

އިންޑިއާގެ ޓްރެވެންޑްރަމް އިން 13 ޓަނުގެ މުދާ ރާއްޖެ ގެނަސްފި އެވެ.

މޯލްޑިވިއަނުން ބުނީ 13992 ކިލޯގެ ކާގޯ ހިފައިގެން އެ އެއާލައިނުގެ ފުލައިޓު ދެންމެ ރާއްޖެ އައިސްފައިވާ ކަމަށެވެ.

 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް މި ދުވަސްވަރު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވުމުން ވައިގެ ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ.

އެގޮތުން ޓްރިވެންޑްރަމްގެ އިތުރަށް ޗެންނާއީ އަދި ބެންކޮކް އިންވެސް ދަނީ މޯލްޑިވިއަން އިން މުދާ ގެންނަމުންނެވެ. މާލެ ލޮކްޑައުން ކުރުމާއިއެކު މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައްވެސް ވަނީ މެދު ކަނޑާލައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ