މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕާރމިޓް ޕޯރޓަލް މެދުވެރިކޮށް ބިޒްނަސް ޕާރމިޓަށް ރިކުއެސްޓްކޮށްފައިވާ 2207 ފަރާތަކަށް މިއަދު ޕާރމިޓް ދޫކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރިވިސް އިން އެފަރާތްތަކަށް ޕާމިޓް ދޫކޮށްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން 29 މެއި 2020 ވާ ހުކުރު ދުވަހުން ފެށިގެން ހުއްދަ ހޯދުމަށް އެދި ހުށައަޅަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށްކަމަށެވެ.
ނަމަވެސް މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ވިޔަފާރި ކުރުމާއި އާމްދަނީ ލިބޭ މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރައްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަމަށާއި، ފުރަބަންދުގެ ޙާލަތަށް އައި ބަދަލުތަކާގުޅިގެން މި ހުއްދަތަށް ދިނުމަށް ސިޓީ ކައުންސިލަށް ހުށަހެޅިކަމުގައި ވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކުރައްވާފައިވާ ހުއްދަތަށް އަދި ބާޠިލް ނުވާނެ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރޭ ވިދާޅުވެފައިވަނީ އެ ސަރވިސް އަށް ރިކުއެސްޓްކޮށްފައިވާ ވިޔަފާރިތަކަށް ބިޒްނަސް ޕާރމިޓްތައް ދޫކުރަން ފަށާފައިވާކަމަށާއި، އެގޮތުން އުންމީދަކީ އިކޮނޮމިކް މިނިސްޓްރީގެ މިންގަނޑަށް ފެތޭ ހުރިހާ ސައްހަ އެޕްލިިކޭޝަންތައް މިއަދު ހެނދުނުގެ ކުރިން ނިންމުން ކަމަށެވެ.
އެފަރާތުން ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕާރމިޓް ޕޯރޓަލް މެދުވެރިކޮށް ބިޒްނަސް ޕާރމިޓަށް ރިކުއެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕާރމިޓް ދޫ ނުކުރެވިވާ 2207 ފަރާތަކަށް މިއަދު ޕާރމިޓް ދޫކުރެވިފައި ވާކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށް ބޭރަށް ނިކުމެ އުޅުން މަނާކޮށް ގިނަ ދުވަސްތަކެއް އޮތުމަށްފަހު ސަރުކާރުން މިހާރު ވަނީ ލޮކްޑައުންއަށް ލުއިތަކެއްދީފައެވެ.




