ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި - ފޮޓޯ:ރާއްޖެއެމްވީ

ފެނަކަ ހއ. ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ހއ.އަތޮޅު ފެނަކަ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ.

ހއ. ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން މި ރަމަޟާން މަހު ވަޒީފާއިން ވަކިކޮށްފައި މިވަނީ، ހުރިހާ އަތޮޅެއްގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް އުވާލަން ރައީސް ޞާލިހްގެ ސަރުކާރުން ނިންމެވި ނިންމެވުމުގެ ދަށުންނެވެ.

ހއ.އަތޮޅު ރީޖަނަލް އޮފީސް ވެސް އުވާލަން ނިންމާ މީގެ ތިން މަސް ދުވަސް ކުރިން ފެށިގެން ހއ.އަތޮޅު ފެނަކަ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަނީ ދިއްދޫ ފެނަކަ އޮފީހަށް ބަދަލު ކޮށްފައެވެ. ނަމަވެސް މިއަދު އެ 6 މުވައްޒަފުން އޮފީހަށް ދިޔައިރު ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ ޗިޓް އޮފީހަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި މަސައްކަތް ހުރި ގޮތުން މިހާރު ހއ.ވަށަވަރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކާއި، އޮފީހުގެ މަސައްކަތު މީހާ އާއި ސެކިއުރިޓީ ބަލަހައްޓާ މީހާ ވެސް ހިމެނެއެވެ.

ފެނަކަ ހއ. ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކުކުރިއިރު، ފެނަކަ ހދ. ރީޖަނަލް އޮފީހުގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންވެސް މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ވަނީ ވަކިކޮށްފައެވެ. އެފަހަރުވެސް ފެނަކައިން ބުނީ ވަޒީފާއިން ހުރިހާ މުވައްޒަފުން ވަކިކުރީ ރީޖަނަލް އޮފީސް އުވާލުމަށްޓަކައި ކަމަށެވެ.

ފެނަކައިން ރީޖަނަލް އޮފީސްތައް އުވާލުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، އޭގެ ތެރޭގައި އަތޮޅުތަކުގެ ކަރަންޓުގެ ޚާލަތު ރަނގަޅު ފެންވަރެއްގައި ބޭއްވުމަށް އެންމެ ބުރަ މަސައްކަތްތައް ކުރާ ފަންނީ މުވައްޒަފުންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ