ށ.އަތޮޅު ފީވަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައް ހަލާކުވެ، މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ފީވަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ހުރިހާ ޖަނަރޭޓަރެއް ހަލާކުވެ މުޅިރަށުން ކަރަންޓު ކެނިފައި މިވަނީ، ރަމަޞާން މަސް ފެށުނީންސުރެ ކޮންމެ ރެޔަކު ވެސް އެތައް ފަހަރަކު ކަރަންޓް ކެނޑެމުން ދިޔުމަށްފަހުއެވެ.
ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާޢު މިއަދު ވިދާޅުވެފައިވަނީ، މިއަދު ހެނދުނުން ފެށިގެން އެރަށުންއެތައް ފަހަރަކު ކަރަންޓް ކެނޑުމަށް ފަހު މިހާރު މުޅި ރަށުން އެއްކޮށް ކަރަންޓް ގޮސްފައިވާ ކަމަށެވެ.
ފެނަކަ ފީވަކު ބްރާންޗުގައި ކަރަންޓު ދިނުމަށް ބޭނުނެކުރެވޭ ޚާލަތުގައިހުރި އެއްވެސް ޖަނަރޭޓަރެއް ނެތްކަމަށާއި، އެހެންކަމުން އަލުން ރަށަށް ކަރަންޓް ލިބޭނެ ދުވަހެއްވެސް ނޭނގޭކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސުޖާޢު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ފީވަކަށް އާޖަނަރޭޓަރެއް ގެންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އަދި މިހާތަނަށް ޖަނަރޭޓަރެއް އެރަށަށް ގެނެސްފައި ނުވާ ކަމަށެވެ.
ރަމަޟާން މަހާއެކު ރާއްޖޭގެ ގިނަ ރަށްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ކޮންމެ އަހަރަކުވެސް އެތައް ގުނައެއް މަތިވެއެވެ. ނަމަވެސް އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަރަންޓު ކެނޑުނަ ނުދީ ޚިދުމަތް ދިނުމަށް އަބަދުވެސް މަސައްކަތްކުރެއެވެ.
ފީވަކުން ކަރަންޓު ކެނޑުނުއިރު ފެނަކަ ކޯޕަރޭޝަނުގެ ހއ. އަދި ހދ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.