ރެހެންދީ ސުކޫލުގެ ފޭސްބްކް އަދި ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ރެހެންދީ ސުކޫލުގެ ރަސްމީ ފޭސްބްކް އަދި ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާ ކަމަށް އެޑިއުކޭޝަން ފޭސްބްކް އަދި ޓްވިޓަރް ވިދާޅުވެފައި މިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ރެހެންދީ ސުކޫލްގެ ޓްވިޓަރ އަދު ފޭސްބުކް އެކައުންޓް ވަނީ ހެކް ކޮއްފައި ކަމަށާއި، އަދި ރެހެންދީ ސުކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲގެ ފޭސްބްކް އެކައުންޓްވެސް ވަނީ ހެކް ކޮއްފައި ކަމަށެވެ. މި ދެ މައްސަލަވެސް މިހާރު ފުލުހުންނާއި ފޭސްބްކް އަދި ޓްވިޓަރ އަށް ރިޕޯޓް ކޮއްފައިވާނެ ކަމަށް މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެއެވެ.
Please note that @RehendhiSchool's Twitter & Facebook accounts are hacked, along with the school's Principal @nazim53664663's social media accounts. The issue has been reported to @PoliceMv @Twitter & @Facebook.
Thank you— Ministry of Education (@MoEdumv) June 5, 2020
ސަރުކާރުގެ އިދާރާތަކާއި، މަޝްހޫރު ފަންނާނުންގެ ސޯސަލްމީޑިއާ އެކައުންޓްތައް ހެކް ކުރުމަކީ ރާއްޖޭގައި މަދުން ނަމަވެސް ކުރަމުން އަންނަ ކަމެވެ. އެގޮތުން ދާދި މިފަހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓްވެސް ހެކް ކޮއްފައިކަން ފާހަގަކުރަމެވެ.




