މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރިގެ މެންބަރު އަލްހާން ފަހުމީގެ މޭޔަރ ކަމުގައި، މާލޭ ސިޓީގެ ކަންކަން މި މަގުން ކުރައްވަން ފުރުޞަތު ނުދޭނެކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމަށް އަލްހާން ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އަލްހާން ޕްލޭނިން މިނިސްޓަރަށް މިފަދަ ރައްދެއް ދެއްވާފައި މިވަނީ ގުޅީ ފަޅު ހިއްކުމުގެ މައްސަލާގައި ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާކަމަށް ވިދާޅުވެ ގިނަ ފަރާތްތަކަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން ދަނިކޮށް، ތިމާވެއްޓަށް ގެއްލުން ލިބުނު ކަމުގައި ވީނަމަވެސް މި ޕްރިޖެކްޓް ކުރިޔަށް ގެންދަވަންޖެހޭކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
އަލްހާން ކުރެއްވި ޓްވީޓްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިމާވެށި ހިމާޔަތް ކުރުމުގައި އަބަދުވެސް ދެމި ތިބޭނެކަމަށް ވިދާޅުވެފައިވާ ވާހަކަ ފުޅެއްވެސް ހިއްސާ ކުރައްވާފައެވެ.
"އަޅުގަނޑުގެ މޭޔަރުކަމުގައި މަނިކުފާނަށް ތިޔަ މަގުން މާލެ ސިޓީގެ ކަންކަން ކުރައްވަން ފުރުސަތެއް ނުދޭނަން" ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށް އިޝާރާތްކުރައްވައި އަލްހާން ވިދާޅުވެފައިވެއެވެ.
އަޅުގަނޑުގެ މޭޔަރުކަމުގައި މަނިކުފާނަށް ތިޔަ މަގުން މާލެ ސިޓީގެ ކަންކަން ކުރައްވަން ފުރުސަތެއް ނުދޭނަން @AslamAslamtey pic.twitter.com/XDEc8RHle3
— Aʟʜᴀɴ Fᴀʜᴍʏ - ?? (@AlhanFahmy) June 7, 2020
ގުޅީފަޅު ޕްރޮޖެކްޓްގެ މައްސަލާގައި މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީއަށް ވަނީ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ އިސްވެރިންނާއި ގުޅީފަޅު ޕްރޮޖެކްޓުގެ އެންވަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ކޮންސަލްޓޭޝަން ހެދި ފަރާތް ހާޒިރުކޮށްފައެވެ.
މީގެ އިތުރުން ތަރައްޤީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ ކަމުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.





ހިޔާލު
Meena hovunas saabas ??