ބިދޭސީއަކު ހޮވި އެއްލައްކަ ރުފިޔާ ވެރިފަރާތާއި ހަވާލުކޮށްފި

ރާއްޖޭގައި ބިދޭސީއަކު މަގުމަތިން ހޮވި ގިނަ އަދަދެއްގެ ފައިސާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ބިދޭސީ މީހާ މި ފައިސާތައް ހޮވާފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ މަގެއްގެ މަތިންނެވެ. ފުލުހުން ވިދާޅުވެފައި ވަނީ އެމީހާ އެފައިސާތައް ހޮވާފައިވަނީ ޖޫން 05 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެމީހާވަނީ އެފައިސާތައް ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.

އެގޮތުން އެމީހާ ހޮވި ފައިސާތަކުގައި އެއްލައްކަ ރުފިޔާ ހުރިކަމަށާއި އެފައިސާތައް ޖެހިގެން އައި ދުވަހު ޖޫން 6 ވަނަ ދުވަހުގެ 13:35 ހާއިރު ވަނީ އެފައިސާތަކުގެ ވެރިފަރާތާއި ހަވާލުކޮށްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ވަނީ މި ފައިސާތައް ފެނިގެން އެ ޕޮލިސް ސްޓޭޝަނަށް ހަވާލުކޮށްދެއްވި ކަމަށްޓަކައި އެ ބިދޭސީ މީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އެ ފައިސާތައް ހޮވާފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ