ބަންގުލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ އެގައުމަށް ފޮނުވާލައިފި

ރާއްޖޭގައި އުޅެމުންދިޔަ ބަންގުލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ އެގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ގައުމަށް ފޮނުވާލައިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އުޅެމުންދާ އެހެން ޤައުމުތަކުގެ މީހުން އެ ޤައުމުތަކަށް ފޮނުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ބުނީ މިއަދު މި ބޭއްވި ފްލައިޓަކީ ބަންގުލަދޭޝް އަށް އެގައުމުގެ ރައްޔިތުން ފޮނުވުމަށްޓަކައި ބޭއްވި 10 ވަނަ ފްލައިޓު ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ރާއްޖޭގައި މި ބައްޔަށް އެންމެ ގިނަ އިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން އުޅެމުންދާ އިރު، އޭގެ ތެރޭގައި ޤާނޫނާ ޚިލާފަށްވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އުޅެމުންނެވެ.

ރާއްޖޭގައި އުޅެމުންދާ ބޭރު ޤައުމުތަކުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރާ އިރު، އެހެން  ޤައުމުތަކުގައި އުޅެމުންދާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުރަމުން ނެވެ. އެގޮތުން ބަންގްލަދޭޝް އިންވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ