ފޮޓޯ: އަވަސް

ރައީސް ވަހީދަށް ދިން ހަމަލާ ޖޭޕީންނާއި އިދިކޮޅު ކޯލިޝަނުން ކުށްވެރި ކޮށްފި

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުއަށް މިއަދު މީހަކު ފުރައްސާރަކޮށް ހަޑިހުތުރުބަހުން މުޢާމަތާލު ކުރި މައްސަލަ އިދިކޮޅު ކޯލިޝަނުންނާއި ޖުމްހޫރީ ޕާޓީން ކުއްވެރި ކުރައްވައިފިއެވެ.

އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އެ ކޯލިޝަނަށް ނިސްބަތްވެވެޑައިގަންނަވާ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑިޕީއަށް ނިސްބަތްވާ އާންމުންގެ މީހަކު ދިމާކޮށް ހަޑިހުރުބަހުން އެއްޗެހިކިޔާ ހަމަލާދޭން އުޅުނު މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ ފަހަކަށް އައިސް ރޭވިގެން ސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުފަރާތްތަކަށް ތަފާތު ގޮތްގޮތަށް ދިމާކޮށް ހަމަލާތައް އަމާޒު ކުރަމުން ގެންދާކަން ފާހަގަ ކުރައްވާފައެވެ. އިދިކޮޅުން ވަނީ ކުރީގެ ރައީސުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދަޢުލަތުގެ ފަރާތުން ފަރުވާ ކުޑަނުކުރެއްވުމަށް ގޮވާލައްވާފައެވެ.

ޑރ. ވަހީދުއާއި މީހަކު ދިމާކުރުމުން އެކަން ކުއްވެރިކޮށް ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދަތިއުނދަގޫ ޙާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެއްކަމަށެވެ. އަދި މަދުބައެއްގެ ފަރާތުން ފެންނަ މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައި އެޕާޓީން ވަނީ ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް މިނިވަންކަމެއް އެއްވެސް ޙާލަތެއްގައި އެއްވެސް ފަރާތަކުން ނިގުޅައިގަތުމަކީ ޤާނޫނީ ކުށެއް" ޖޭޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ޢަމަލެއް އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ކޮށްފިނަމަ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާ އަދި އެފަދަ ނޭއްގާނީ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނަގަހައްޓާ ދަމަހައްޓާ އާންމު މަސްލަޙަތުތައް ޙިމާޔަތްކޮށް އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ