މި ވަގުތު މަސައްކަތް ކުރަންވީ ޤައުމު އަލުން އާރާސްތު ކުރަން: ޔުމްނާ

މި ވަގުތު މަސައްކަތް ކުރަންވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއާއިއެކު ޤައުމު އަލުން އާރާސްކުރަން ކަމުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވަނީ މާތްﷲ ގެ އިރާދަފުޅުން ކޯވިޑް 19 ކޮންޓްރޯލުވެ، ފުރަބަންދުން ނިކުންނަން މަސައްކަތްކުރާ މިވަގުތަކީ ނާޒުކު ވަގުތެއްކަމަށާއި ރައްޔިތުން ތިއްބެވީ ހާސްކަމުގެ ތެރޭގައިކަމަށެވެ. އަދި މި ވަގުތު އަޅުގަނޑުމެން މަސައްކަތްކުރަންވީ ރައީސް އާއިއެކު ޤައުމު އަލުން އާރާސްތު ކުރުމަށްކަމުގައި ޔުންމާ ވަނީ ވިދާޅުވެފައިއެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެން ދިޔައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ ރާއްޖެތެރޭގެ ރަށްރަށުގައި ދަތުރު ފަތުރު ކުރުމުގެ ހުއްދަ ދީފައިވާއިރު، މާލެ ސަރަހައްދުގައިވެސް ކޮންސްޓްރަކްޝަން ފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.

ނަމަވެސް ރާއްޖޭގެ އިޤްޠިޞާދަށް ހެޔޮބަދަލުތަކެއް ފެނިގެންދާނީ ޓްވަރިޒަމްގެ ދާއިރާ ހިނގައިގަތުމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް ރާއްޖެއަށް މީހުން އައުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނަމަވެސް ޓްވަރިޒަމް ދާއިރާ ހުޅުވުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަރުޝަދު

    އޮރިޔާމުން ތިއިނީ ޖާހިލުކަމުން ނޫން ދެން ކޮންކަމެއްވެގެންތޯ އަހާލަން. މަރުވާނެކަން ޢެނގޭ އަދި ސުވަރުގެ ޢާއި ނަރަކަ ވާކަންވެސް ޢެނގޭ އޮރިޔާމުން ތިބޭ ޢަންހެނުންނަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެކަން ﷲ ވަނީ އަންގަވާފައި. ވީމާ ނަރަކަޔަށް ދާންޖެހިދާނެކަމަށް ބިރުނުގަންނަ މީހާ ފަހެ ކޮންކަމަކާތޯ ބިރުގަންނާނީ.؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ