މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދޅުވެފައިވަނީ އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖޫން މަހު 18 ވަނަ ދުވަހު 1:50 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައިކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިިއިރު އެމީހާ އެވަގުތު ހުރި ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 02 ރަބަރު ޕެކެޓް ފެނިފައިވާކަމަށްފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ފުލުހުން އިއްޔެ ވަނީ ވެލިދޫ އިންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ