ރީކޯ މުސައާއި، ރައީސް ޞާލިޙް މީގެ ކުރިން ކުރެއްވި ބައްދަލު ކުރެއްވުމެއްގެ ތެރެއިން - ފޮޓޯ: ރީކޯ ޓްވިޓާ

ދަތިތަކުން އަރައިގަތުމަށް ރައީސްގެ އެދިވަޑައިގަތުމަށް އަޅުގަނޑު ތައްޔާރު - ރީކޯ

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމަށް ތައްޔާރަށް ހުރި ކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 ގެ ބަލި މަޑުކަމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅާއި ގުޅިގެންނެވެ. އެގޮތުން ރީކޯ ވިދާޅުވެފައިވަނީ ރައީސް ސޯލިހު ދެއްވި މައުލޫމާތުތަށް ވަރަށް ތަފްސީލް ކަމަށާއި އެކަމަށްޓަކައި ޝުކުރުއަދާކުރާކަމަށެވެ.

މީގެ އިތުރުން ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާ ލުމާއެކު އެންމެން އެއްބާރުލާ މަސައްކަތްކޮށް މިދަތިތަކުން އަރައިގަތުމަށް ރައީސްގެ އެދިވަޑައި ގަތުމަށް ތައްޔާރުކަމުގައި ރީކޯ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި، ބައިނަލްއަޤްވާމީ ދަތުރު ތަކަށް ރާއްޖޭގެ ވައިގެ ބަނދަރުތައް ހުޅުވާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ޓޫރިޒަމްގެ ދާއިރާ ވަނީ އެއްކޮށް ހުއްޓިފައެވެ. އެއާއި އެކު ރާއްޖޭގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވިސްނާއިރު، ސަރުކާރުގެ ވިސްނުން ހުރީ އިޤްތިޞާދީ އަވަސް ރިކަވަރީއަކަށް ވާޞިލުވުމަށްކަމަށެވެ. އަދި އެކަމަށްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި، ޚިޔާލާއި، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާއި އަދި މިކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނޭޝަނަލް ޓާސްކްފޯސްއެއް އެކުލަވައިލާފައި ވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ