ޝައިޚް ޢަލީ ޒައިދު

ކުންފުނިތައް ވިއްކާލައިގެން ވިޔަސް މުސާރަތައް ދިނުމަށް ގޮވާލައިފި

ގިނަމަސްތަކެއް ވަންދެން ބިދޭސީން ތަކަކަށް މުސާރަ ނުދީ އުޅުނުކަމަށް ބުނާ މައްސަލާގައި އެ ކުންފުނި ތަކަށް ފިޔަވަޅު އަޅަން ޝެއިޚް ޢަލީ ޒައިދު ސަރުކާރަށް ގޮވާލައިފިއެވެ.

ޝެއިޚް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރަށް ގޮވާލަނީ ރަހީނު ކުރި ބިދޭސީންނަށް ފިޔަވަޅު އަޅަން ކަމަށާއި އަދި މުސާރަ ނުދީ އުޅުނު ނުބައި ކުންފުނިތަކަށްވެސް ފިޔަވަޅު އަޅަން ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ވަނީ އެ ކުންފުނިތައް ވިއްކާލައިގެން ވިޔަސް އެ މީހުން ދައްކަންޖެހޭ ދަރަނިތައް އެމީހުން އަތުން އަތުލުމަށާއި، އަދި ޙައްޤުވެރިންނަށް ދިނުމަށް ގޮވާލައިފައެވެ.

ބ. ބޮޑުފިނޮޅުގައި ބިދޭސީން މަސައްކަތްތެރިންތަކެއް ވެގެން 15 ބިދޭސީން ރަހީނު ކުރި މައްސަލާގައި އެ ރަށުގައި މަސައްކަތް ކުރާ 19 ބިދޭސީއަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ ޢަމަލު ކުއްވެރިކޮށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

މާރިޔާގެ އިތުރުން ގިނަ ބަޔަކު ދަނީ ދިވެހިން ރަހީނު ކުރި މައްސަލައާއި އަދި ގިނަ މަސްތަކެއް ވަންދެން އެމީހުންނަށް މުސާރަ ނުދިން މައްސަލަ ކުއްވެރިކޮށް ނުރުހުން ފާޅު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ