ހދ. ކުޅުދުއްފުށި ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަށް 2020 ޖޫން 29 ވަނަ ދުވަހު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި ޖުލައި މަހު 02 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އެކެއްގެ ގެ ބަލައިފާސް ކުރުމުގެތެރޭގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.





2 Responses
Raih gandu fahthe nu kuraane e varu kameh eiy footakah thunbulhi dhigu kohfa hunna bodu Sheyheh
ރަތްގަނޑު ފައްތޭއާ ލަބަރި ޔާސިރު އޭ ކިޔާއަޑު އިވެނީ.