ކޮމަންޑޫ މަގުމަތީގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފި

ކޮމަންޑޫ މަގުމަތީގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ހޯދާފައިވަނީ ކޮމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިޖުލައި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޮމަންޑޫ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ގެއެއްގެ ކައިރީ މަގުމަތީގައި ހުރި ގަސް މުށި ތަކެއް ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފަ އެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މިހާރު ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ