ޙައްޤު ފާޅު ވެއްޖެ! އަލްޙަމްދުލިﷲ - ޝަހީމް

ޙައްޤު ފާޅުވެއްޖެ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ކުލި 7،000 ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން ޝަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން އެކަން ކުރެއްވީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

"ޙައްޤު ފާޅުވެއްޖެ! އަލްޙަމްދުލިﷲ" ޝަހީމް ވިދާޅުވެފައިވެއެވެ.

ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތައް ކަނޑައެޅުމުގައިވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތު ކުރައްވާފައިވާއިރު، ފްލެޓް ތަކުގެ ކުލި 11،000 ރުފިޔާޔަށް އަރާނެ ކަމަށް ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ ހިޔާ ފްލެޓް ތަކުގެ ކުލި 7،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ޕްރޮޖެކްޓްގައި އެތެރޭގެ ޓައިލްސްޖެހުމާއި ދޮރު ހަރުކުރުމާއި ފަންކާ، ބޮކި، އަދި ކުލަލުން ފަދަ ކަންކަން ނުހިމެނޭކަމަށެވެ.

މިލިޔުން ކިޔާލުމުން
221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ