ދ. ކުޑަ ގޮނޑުގައި އަލިފާންރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ދ. ކުޑަހުވަދޫގައި ކުރިން ބޭނުން ކުރި ގޮނަޑުގައި އަލިފާން ރޯވެގެން އެހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިއަދު 12:52 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން މިއަދު13:15 އެހާކަންހާއިރު ރޯވި އަލިފާން ގަނޑު ނިއްވާލާފައިވާކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން ރޯވެފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ހުރި އިރު އެ ސަރަހައްދުން ދުން އަރާ މަންނަޒަރު ފެނެއެވެ.
ކުނި ގޮނޑުތަކާއި ވަރުލެތޭގައި ރޯވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން އިމާރާތްތަކުގައިވެސް އަލިފގާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިގެން ގޮސްފައެވެ.



