މާފުށި

ފިރިމީހާގެ ފަރާތުން ޖިންސީ ގޯނާ ކުރާކަން އެނގި، އެކަން ފޮރުވާ މަންމައަކާއި ދެކޮޅަށް މާފުށީގައި މުޒާހަރާ ކުރަނީ

ކ. މާފުށީގައި ފިރިމީހާގެ ފަރާތުން، ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ އެކަން ފޮރުވި މަންމައަކު ރަށުން ބޭލުމަށް ގޮވާލާ، އެރަށުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާ ކަމަށްބުނެ އެމީހާއާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޒް ކުރަމުންދާ ކަމަށެވެ.

މި އިހުތިޖާޒްގައި ހަމަނުޖެހުން ހިނގާފައިނުވާ ކަމަށާއި ފުލުހުން އެސަރަހައްދުގައި ސަލާމަތީ ކަންކަން ބެލަހައްޓަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔައީ، އެ ކުއްޖާގެ ދޮން ބައްޕައެވެ. އެ މައްސަލައާ ގުޅިގެން 57 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ