އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ޙިދުމަތް ފަށައިފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޖީންއެކްސްޕާޓް ސިސްޓަމް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ހިދުމަތް ފަށާފައިވަނީ މިއަދު އެވެ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންވާ ޖީންއެކްސްޕާޓް ކާޓްރިޖް ޑަބްލިއުއެޗްއޯ އިން ފޯރު ކޮށްދީފައި ވާކަމަށެވެ.
މިމެޝިނަށް ދުވާލަކު 80 ވަރަކަށް ޓެސްޓް ހެދޭނެކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފަ އެވެ. ކުރިންވެސް އުނގޫފާރު ހޮސްޕިޓަލުން ޓެސްޓު ނުހެދުނު ނަމަވެސް ސާމްޕަލް ނެގުމަށްފަހު މާލެ ފޮނުވައިގެން ޓެސްޓު ކުރެވިފައި ވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިހާރު މާލެ އިން އައިސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަމުންދާ ފަރާތްތައްވެސް އުނގޫފާރުގައި އެބަހުރި ކަމަށާއި އެ ފަރާތް ތަކުގެ ސާމްޕަލް ނަގައި އެ ހޮސްޕީޓަލުން ޓެސްޓު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ރ އަތޮޅުގެ އެހެން ރަށްރަށުގައި ހޯމް ކަރަންޓީނުގައި މިވަގުތުވެސް ފުދޭވަރަކަށް ގިނަ މީހުން އެބަތިއްބެވި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.



