ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ލޮއި ހޮޅި ރޯލުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ތަކެއްޗަކީ 2020 ޖުލައި 6 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 35 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުގައިހުރި ތަކެތި ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ ތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާ ފެނުމުން، އެއީ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވިގެން އޭނާ ހުއްޓުވައި ސުވާލުކުރުމުން އެތަކެތީގެ ވެރިފަރާތް ބުނެދެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު 459720 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.



