ފޮޓޯ: އައިޝަތް އާނިޔާ

ކޮވިޑް-19 ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅުނިކޮށް ހޯދައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީ މީހަކު ފިލައިގެން އުޅުނިކޮށް މާލެ އިން ހައްޔަރު ކޮއްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ފިލައިގެން އުޅުނު ބިދޭސީ މީހާ ހޯދައިފައިވަނީ، ފުލުހުންނާއި އެޗްޕީއޭ ގެ ޓީމަކާއި އެކު ގޮސް އާޓިފިޝިއަލް ބީޗް ކައިރިންކަމަށެވެ. އަދި އެމީހާ ހޯދަން އެ ސަރަހައްދަށް ދިއުމުން ދިނަ އަދަދެެއްގެ ބިދޭސީން ޖަމާވެފައިވާކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު، ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ މީހަކު މަގުމަތީީގައި އުޅުމަކީ ބަލި ފެތުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ