ހުޅުމާލެ ފަޅުގައި އަޅާފައިވާ ސަފާރީތަކެއް | ފޮޓޯ: މިހާރު

ސަފާރީ ރޭޕް: ޖިންސީ ސިކާރައަކަށްވި އަންހެން މީހާ މީޑިއާއަށް މައުލޫމާތު ނުދޭކަމަށް ފުލުހުން ބުނެފި

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި ބިދޭސީ އަންހެން މީހާ އެއްވެސް މީޑިއާ އަކަށް މައުލޫމާތު ނުދޭކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އެ އަންހެން މީހާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާނެކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް ފުލުހުންގެ ކިބައިން އޭނާ އެދިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި އެ އަންހެން މީހާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގެ އަނިޔާ ލިބުނު ފަރާތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯރޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށާއި މީސް މީޑިއާގައި މިފަދަ މަޢުލޫމާތު ދައުރު ކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރުކަމާއެކު މަޢުލޫމަތު އާންމުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިމައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ