މާލޭ އިންޑަސްޓްރިއަލް ޒޯނުން ހޮވައިގެން ގެނަ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
މިފައިސާތަކަކީ 2020 ޖުލައި 7 ވަނަ ދުވަހުގެ ވަގުތެއްގައި، މާލޭ އިންޑަސްޓްރިއަލް ޒޯނު ތެރޭގައި ވެއްޓިފައި އޮއްވައި އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށް ފުލުހުން ވިދާޅުވެފައެވެ.
މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 459812 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުމަށް އެދިލައްވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.




