މަސްތުވާތަކެއްޗާއިއެކު މަހިބަދޫން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު މަހިބަދޫން 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ރޭގެ ވަގުތެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު މަހިބަދޫން ހައްޔަރުކޮށްފައި ވާކަމަށެވެ.

ފުލުހުން ވިދާޅުވީ މަހިބަދޫ ބަނދަރު ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭގައި ފުލުހުން އެ ސަރަހައްދަށް ގޮސް އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނު ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ހޮޅިކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރު މީހަކާއި 36 އަހަރުގެ މީހެއް ކަމަށާއި މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަންނުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ