ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ރޮދި ރޯލަކާއި ތިން އެއަރޕޮޑުގެ ވެރިފަރާތް ހޯދަނީ

ރޮދި ރޯލަކާއި ތިން އެއަރޕޮޑުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ މި ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށެވެ.

ރޮދި ރޯލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ އެރޭ ދަންވަރު ކަނބާއައިސާ ރަނިހިނގުން، އެސްޓިއޯ ހެޑް އޮފީސްކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ކަމަށާއި 3 އެއަރޕޮޑް ފެނިފައިވަނީ އެމީހާ އެވަގުތު ހުރި ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 06195 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ