ފޮޓޯ: ދުވަސް

އެމްޑީޕީ، ޕީޕީއެމް ހިމެނޭގޮތަށް އިތުރު 8 ކެންޑިޑޭޓަކު ނަން ނަގައިފި

އެމްޑީޕީ ޕީޕީއެމް ހިމެނޭގޮތަށް އިތުރު 8 ކެންޑިޑޭޓަކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު (އެކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2020/5) އިޢުލާނުން) ހުޅުވާލުމާ ގުޅިގެން އިތުރު 8 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ  ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 7 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އަރޫޝާ އިބްރާހީމް، ބުރެވިމާގެ / ހއ. ތަކަންދޫއާއި، ގއ. ނިލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 10 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، މަރްޔަމް ޒަހީނާ، ބަހާރުވިލާ / ގއ. ވިލިނގިލިއާއި، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 12 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އަޙްމަދު ޟުޙާ މުޙައްމަދު ޢަލީ، ނަޞްރުވިލާ / ކ. ތުލުސްދޫއާއި އަދި އދ. ދަނގެތީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 7 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޙުސްނީ އިބްރާހީމް، ފެހިގެ / އދ. ދަނގެތީގެ އިތުރުން މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 6 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، މުޙައްމަދު ޝުޢާއު، މއ. ނެވަރކޯން / މާލެއެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ތިން ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. އެއީ ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 5 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، ސަނިއްޔާ ޔޫސުފް، ވަފާ، ށ. މަރޮށި އަދި ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 5 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އާމިނަތު ރީޝާން، ރިވެލި، ރ. އިންނަމާދޫގެ އިތުރުން ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 1 ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ރަޝީދާ އިސްމާޢީލް، ނެސްޓް، ގއ. ކަނޑުހުޅުދޫއެވެ.

މީގެއިތުރުންވެސް އިތުރު ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާކަން އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ހާމަކޮށްފައިވެއެވެ.

ކައުންސިލް އިންތިޚާބުން އިތުރު ހަތަރު ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި

ކައުންސިލް އިންތިޚާބުން އަނެއްކާ އިތުރު 6 ކެންޑިޑޭޓަކު ނަން ނަގައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ