އަލީ ވަހީދާއި ސަފާރީ ރޭޕްގެ ތަހުޤީގާއި ގުޅޫ މައުލޫމާތު ފުލުހުންް މިއަދު އާއްމުކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުޤީގާ ގުޅޭ މައުލޫމާތު މިއަދު 13:00 ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ޗީފް ސްޕޮރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ މައުލޫމާތުދެއްވާނެއެވެ.
މިނިސްޓަރ އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ވަނީ މިނިސްޓަރ ކަމުން ވަކިކުރައްވައިފައެވެ.
ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ 25 ޖޫން 2020 ގައެވެ. މިމައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެފިރެހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުނަމަވެސް އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންވަނީ ދޫކޮށްލާފައެވެ.